އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސިފައިންގޭގައި އުޅުނުމީހަކު ދައުވާކޮށްފި
ރައީސް ނަޝީދުގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމުގައި ޕީޖީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަމަށް އޭސީސީން ބުނެފި
ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ބިލާއި، ޓޫރިޒަމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެއްލެވި ބައެއް މައްސަލަތަކާއިގުޅިގެން ނިންމާފައިވާ ނިންމުންތައް ހާމަކުރައްވައިފި
ގިނަގިނައިން ފާފަކުރާ މީހުންވެސް ﷲގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށް ކުރީގެ ރައީސް ގޮވާލައްވައިފި
ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނުމީހާގެ މައުލޫމާތު ހާމަކޮށްފި
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ...
ތަފްސީލް
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ...
ތަފްސީލް
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ...
ތަފްސީލް
ރައީސް މައުމޫނަށް މިހާރު އެހެރީ ބޮނޑިބޮވިފަ. ދެން ލަލަލާ: ކާނަލް ނަޝީދު
ހައި ކޯޓަށް އެޕީލް ކުރިޔަސް މިނިންމުން ބަދަލުވާނެކަމަށް ނުބެލެވޭ. މިއީ ވަރަށް ސާފު މައްސަލައެއް- ހުސްނުއް ސުއޫދް
15 ޖެނުއަރީ 2008
އިބްރާހިމް ވަހީދް (އަސްވާޑް)
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޑީއާރްޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭގޮތަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުން މިގޮތަށް ފާސްކުރީއިއްޔެ އޮތް އެމަޖިލީހުގެ238ވަނަޖަލްސާގައި މަޖިލީހުގެ 60އަށްވުރެ ގިނަ މެމްބަރުންގެ ތާއީދާއެކުއެވެ. އޭގެތެރޭގައި ޑީއާރްޕީގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންވެސް ހިމެނެއެވެ. މިކަން ސިފަކުރައްވާ އެސްއެލްޕީގެެ އިސް މެމްބަރެއްކަމަށްވާ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ މައުމޫނަށް އެހެރީ މިހާރު ބޮނޑި ބޮވިފައިކަމަށެވެ.
"ރައީސް މައުމޫނަށް އެހެރީ ބޮނޑި ބޮވިފަ. ދެން ލަލަލާ" އެސްއެލްޕީގެ އިސްމެމްބަރު ކާނަލް މިއަދު ފޯނުން ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހަށް އެ އިސްލާހް ހުށަހެޅީ ޑީއާރްޕީގެ މެމްބަރު މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް)އެވެ. މިއަށް ތާއީދުކުރެއްވީ ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސާ އަނީސާ އަހްމަދެވެ.
އެއިސްލާހުގައިވަނީ "ރިޔާސަތުގެ ދައުރު 2.(ހ) ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސްއަހަރު ދުވަހެވެ. އަދި، މިޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމެއް ނުފުރޭނެއެވެ." މިހެންނެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް އިއްޔެގެ ރިޔާސަތުގައި އިންނަވާ ވިދާޅުވެފައިވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރެއްވީ "އައު ގާނޫން އަސާސީއެއް ހެދުމަށް ނޫން"ކަމަށާއި "މިހާރު އަމަލުކުރެވެމުންދާ ގާނޫން އަސާސީ އިސްލާހްކުރުމަށް" ކަމަށެވެ. އެހެންކަމަށްވާނަމަ އިސްލާހް ކުރެވޭ ގާނޫން އަސާސީގައި (17 އަހަރުން ހެދި ގާނޫން އަސާސީ)ގައި ރައީސް މައުމޫންވަނީ ދެ ދައުރު ފުރިހަމަކޮށްފައެވެ. އެހެންކަމުން އެމަނިކްފާނަށް މިހާރުވަނީ ރައީސްކަމަށް ކުރިމަތިލުމުގެ މަގު ބަންދުވެފައެވެ.
އިއްޔެ ހަވީރުއޮތް ޖަލްސާއަށްފަހު މަޖިލިސްކުރާ ގޭދޮރުމަތީ ވަރަށްގިނަ އިއްޒަތްތެރި މެމްބަރުންވަނީ އުފާފާޅުކޮށް ހިތްހަމަޖެހުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. މިގޮތުން އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރު އަލީ ވަހީދް ވިދާޅުވީ "ތިބޭފުޅުން އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާތި މިއީ އަޅުގަނޑުމެން މެމްބަރުން ކުރިކަމެކޭ. މިއީ ﷲގެ ކުޅަދުންވަންތަކަން. މާތްރަސްކަލާނގެ އިރާދަކުރެއްވުމުން ޑީއާރްޕީ މެމްބަރުން އަތުން ރައީސް މައުމޫން ވެރިކަމަށް ކުރިމަތިލުމުގެ މަގު ބަންދު މިވީ." އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އައްޑު އަތޮޅުގެ މެމްބަރު އަދި ރާއްޖޭގެ ކާމިޔާބު ގާނޫނީ ވަކީލް އަލްއުސްތާޒް ހުސްނުއް ސޫއޫދް ވިދާޅުވީ މިނިންމުން ދެން ބަދަލުކުރެވޭނީ ހައިކޯޓަށް ކަމަށާއި ޑީއާރްޕީން ހައިކޯޓަށް އެޕީލް ކުރިނަމަވެސް އެނިންމުން ބަދަލުކުރެވޭނެކަމަށް ގަބޫލުނުކުރެވޭކަމަށެވެ. ސަބަބަކީ މިމައްސަލައަކީ ވަރަށް ސާފްކޮށް އިނގެން އޮތް މައްސަލައަކަށްވާތީކަމަށް ސުއޫދް ވިދާޅުވިއެވެ.
މިމައްސަލާގައި އެމްޑީޕީއާއި އިދިކޮޅު އެހެނިހެން ފަރާތްތަކުން އުފާ ފާޅުކުރަމުންދާއިރު ޑީއާރްޕީންވަނީ ރޭ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ރައީސް މައުމޫނަށް ވެރިކަމަށް ކުރިމަތިލެވޭނެކަމަށް ތަފާތު ހުއްޖަތު އެމީހުން އަންނަނީ ދައްކަމުންނެވެ. މިގޮތުން މިއީ އިސްލާހްކުރެވޭ ގާނޫން އަސާސީއެއް ނޫންކަމަށާއި މިއީ މުޅިން އަލަށް ހެދޭ ގާނޫން އަސާސީއެއްކަމަށް ރައްޔިތުންނަށް ވިސްނުވައިދިނުމަށް ޑީއާރްޕީންދަނީ ގަދައަޅާ މަސައްކަތްކުރަމުންނެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ގެންދިއުމުގެ ހިޔާލެއް ގެންގުޅުއްވަންތޯ އާޒިމާ ޝުކޫރް އަރިހު އެހުމުން ވިދާޅުވީ އެމަރުހަލާއަށް ދިޔުމުން އެކަންތައްވެސް ކުރާނެކަމަށެވެ. ނަމަވެސް ޑީއާރްޕީގެ މެމްބަރުން އެއިސްލާހަށް ވޯޓްދިނީ މިހާރު ހާއްސަ މަޖިލީހުން "މިހަދަނީ އައު ގާނޫން އަސާސީއެއް"ކަމަށް ބަލައިގެންކަމަށްވާތީ މިއީ ސާފްކޮށް ރައީސް މައުމޫނަށް މިއަހަރު އިންތިހާބުގައި ކުރިމަތިލެވޭގޮތަށް ފާސްވި އިސްލާހެއްކަމަށް ގަބޫލުކުރައްވާކަމަށް އާޒިމާ ވިދާޅުވިއެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރައްވާފައިވަނީ މިހާރު އމަލު ކުރެވެމުންމިދާ ގާނޫން އަސާސީ އިސްލާހްކުރުމަށް ކަމަށް ގިނަބަޔަކު ޤަބޫލްކުރެއެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް
17 ޖެނުއަރީ 2008
އާޒިމާއެކިޔަނީ ހުސްދޮގު މިހަދަނީކީ އާގާނޫނު އަސާސީ އެއް ނޫން. ކުރިންހަދާފާއޮތް ގާނޫނު އަސާސީ މިކު ރަނީ އިސްލާހު. ނުހައްގުން މީހުންނާމެދުގާ ކަންތައް ތައްކުރާމީހުންނަށް ލިބޭނީ މިކަހަލަ ކޮޅުކެހި. ދެން އާޒިމާއާއި، އަނީސާ ދެފުށުން ފިރުމަންތިބޭށެވެ. އޯއް ލަލަލަ.
16 ޖެނުއަރީ 2008
ބަލަ ބޮނޑި ބޮވުނީ ކާނަލް ނަޝީދަށް ކަމެއް ނަޝީދަކަށް ނޭނގުނު. ވަކި ވަރަކަށް ރުޅި ހަސަދަ ބޮޑުވެއްޖެނަމަ ވާނުވާވެސް ނޭނގޭނެ. ބަލަ ކާމިޔާބު ލިބުނީ ރައީސް މައުމޫނަށޭ ..... ދެން ލަލަލަ.... ދޮންބޭބެ
16 ޖެނުއަރީ 2008
މިހާރު ރައީސް މައުމޫނަކީ ޑީއާރްޕީގެ ޒައީމްބާއޭ ހިތައް އަރާ. އަޅުގަނޑަށް ފެންނަ ގޮތުން އިންތީޤާލީ ސަރުކާރުގެ އިސް ވެރިންނެއް ނޫންހެން ހަމައެކަނި ރައީސް މައުމޫން ވެރިކަމުން ބާލަންއުޅެނީ. ހަމަގައިމުވެސް ޑީއާރްޕީގެ އިސް ބައެއް މެމްބަރުންވެސް މިކަމުގައި އުޅޭކަން އެބަ ސާބިތުވޭ.. ގިނަމީހުންގެ ނަޒަރުގައި ރައީސް މައުމޫން މިހާރު އެވަނީ ލޯބޯ ކޮށިވެ މުސްކުޅިވެފަ. އެހެންވީމާ ދެން ހަމަ އެންމެ ރަނގަޅު ގޮތަކަށް ވާނީ ރައީސްކަމުން ދުރުވުން. އެންމެފަހުން ރައީސް މައުމޫނަށް ދޭން އުޅުނު ހަމަލާގެ ސަބަބުން އަދިއަދަށް ދާންވެސް ރައީސް މައުމޫން ވަނީ އެތުރުތުރު އެޅުމުގައި އިޚްލާސްތެރިވެއެވެ. މިހާރު އެލިބިގެންދިޔަ ބޮނޑީގައި ނޭނގެ ކޮންކަމެއްކަމެއްވެސްވާނީ. ކާނަލް އާއެކު ހަމަގައިމުވެސް އަޅުގަނޑުވެސް ތި ދެންލަލަލާ ކިއުމުގައި ބައިވެރިވެލާނަން. މައުމޫން ދެން ލަލަލާ...