އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސިފައިންގޭގައި އުޅުނުމީހަކު ދައުވާކޮށްފި
ރައީސް ނަޝީދުގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމުގައި ޕީޖީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަމަށް އޭސީސީން ބުނެފި
ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ބިލާއި، ޓޫރިޒަމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެއްލެވި ބައެއް މައްސަލަތަކާއިގުޅިގެން ނިންމާފައިވާ ނިންމުންތައް ހާމަކުރައްވައިފި
ގިނަގިނައިން ފާފަކުރާ މީހުންވެސް ﷲގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށް ކުރީގެ ރައީސް ގޮވާލައްވައިފި
ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނުމީހާގެ މައުލޫމާތު ހާމަކޮށްފި
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ...
ތަފްސީލް
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ...
ތަފްސީލް
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ...
ތަފްސީލް
ޑީއާރްޕީގެ ރަސްމީ ވެބްސައިޓުގައި ޒައީމް މައުމޫންގެ އިސްތިއުފާއަށްގޮވައި، ކާޓޫނު ފޮޓޯތަކެއް ޝާއިޢުކޮށްފި
24 ފެބްރުއަރީ 2008
އިބްރާހިމް ވަހީދް (އަސްވާޑް)
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ރަސްމީ ވެބްސައިޓުގައި، އެޕާޓީގެ ޒައީމް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ އިސްތިއުފާއަށްގޮވައި، އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާފަދަ ކާޓޫނު ފޮޓޯތަކެއް ޝާއިއުކޮށްފިއެވެ. މިފަދަ ހަރަކާތްތަކެއް އެޕާޓީގެ ރަސްމީ ވެބްސައިޓުން ފެނުމުން، މިއީ ކިހިނެއް ވެގެން އުޅޭކަމެއްތޯ އޮޅުންފިލުވާލުމަށް ޑީއާރްޕީގެ އިސްތަރުޖަމާން އިބްރާހިމް ޝާފިޢުއާއި ގުޅާލުމުން ޝާފިޢު ވިދާޅުވީ، ޑީއާރްޕީގެ ރަސްމީ ވެބްސައިޓާއި، އަދި ޑީއާރްޕީން ނެރޭ ހަމަރޯޅި ނޫހުގެ ވެބްސައިޓުވެސް ކޮންމެވެސްބަޔަކު ހެކްކުރީ ކަމަށެވެ. ހަމަރޯޅި ނޫހަކީ ޑީއާރްޕީގެ ރަސްމީ ޕްރިންޓް މީޑިއާއެވެ. "އަޅުގަނޑު ހެނދުނު ތެދުވިތަނާ ތިޚަބަރު ލިބުނީ. ކޮންމެވެސް ބަޔަކު ހަމަރޯޅި ނޫހުގެ ވެބްސައިޓާއި ޕާޓީ ވެބްސައިޓް ހެކްކުރީ. މިހާރު ދިރާގަށް އެކަން އަންގައިގެން މަސައްކަތްތައް ކުރިއަށްއެބަދޭ" ޑީއާރްޕީގެ އިސްތަރުޖަމާން އިބްރާހިމް ޝާފިއު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ އިސްތިއުފާއަށް ގޮވުމުގެ އިތުރަށް، ހެކްކުރުމަށްފަހު ޑީއާރްޕީގެ ވެބްސައިޓަށް އަރުވާފައިވާ ރައީސް މައުމޫންގެ އަބުރުފުޅަށް ހުތުރުވާ ކާޓޫނު ފޮޓޯތަކަކީ، އިދިކޮޅު ފަރާތްތަކުން ހިންގާ ވެބްސައިޓްތަކުގައި ޝާއިޢުކުރަމުންދާ ފޮޓޯތަކެއްކަން ފާހަގަކުރެވެއެވެ. ޑިއާރްޕީގެ ވެބްސައިޓްގައި ހުރި އިސްތިޢުފާގެ ލިއުންތަކާއި، ކާޓޫނު ފޮޓޯތައް މިއަދު ހެނދުނު 10:30 އެހާކަންހާއިރުން ފެށިގެން ފެންނާކަށްނެތެވެ. އޭރު އެވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިއުމެއްގައި ވަނީ "ސައިޓު ކުރިއެރުވުމަށް ވަގުތީގޮތުން ސައިޓު ބަންދުކުރެވިފައި" ވާކަމަށެވެ. އޭގެފަހުން މިއަދު މެންދުރުފަހު 13:00 ގައި ޑީއާރްޕީގެ ރަސްމީ ވެބްސައިޓުވަނީ ފުރިހަމައަށް އަޕްލޯޑްކޮށްފައެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް
26 ފެބްރުއަރީ 2008
ސިޔާސީ ޒުވާބުތަށް ވާންޖެހޭނީ ތަސައްރަފް ފުދިފައިވާ އިލްމީ ޒުވާބަކަށް. ދިވެހިރާއްޖޭގެ ސިޔާސީ މޫނުމަތީގައި ކާޓޫނު ކުރަހައި އައުގުރާނަގޮވަނީ ވާނުވާ ނޭނގޭ ކުޑަކުދިން. އެއްވެސް ބަޔަކު ކާޓޫނު ނުކުރެހިޔަސް ސިޔާސީ ހަމަލާތަށް ދޭން ދަންނަ ބަޔަކަށް ދައްޗެއް ނުވާނެ.