atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
މިނިސްޓަރ ނަޝީދު ނޫސްވެރިން ކުރިމަތީ އަނެއްކާވެސް އިތުރުފުޅު ހައްދަވައިފި
ރައީސް މައުމޫންގެ ޝަޚްސިއްޔަތު ދައްކުވައިދޭ ބަޔާނެއް ކޮމަންވެލްތުން މީގެ ދެދުވަސްކުރިން ނެރޭނެކަމަށް ނަޝީދު ވިދާޅުވި ބަޔާން އަދިވެސް ނުނެރޭ
 
27 ނޮވެމްބަރ 2007
އިބްރާހިމް ވަހީދް /އަސްވާޑް
image
ކޮމަންވެލްތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އިތުބާރާއި ޝަޚްސިއްޔަތު ހުރިވަރު ދައްކުވައިދޭ ނޫސްބަޔާނެއް މިމަހުގެ 25 ވަނަ ދުވަހު ނެރޭނެކަމަށް ރާއްޖޭގެ އިންފޮމޭޝަން މިނިސްޓަރ މުޙަންމަދު ނަޝިދު ވިދާޅުވިނަމަވެސް، އެކަމަށް 48 ގަޑިއިރު ހޭދައިވިއިރުވެސް އެވިދާޅުވި ބަޔާނެއް ކޮމަންވެލްތުން ނުނެރުނެވެ. ރައީސް މައުމޫންގެ ޝަޚްސިއްޔަތު ދައްކުވައިދޭ ބަޔާނެއް ކޮމަންވެލްތުން ނެރޭނޭކަމަށް މިނިސްޓަރ ނަޝީދު ވިދާޅުވެފައިވަނީ، މިމަހުގެ 25 ވަނަ ދުވަހު ސަރުކާރުން ބޭއްވި ނޫސްކޮންފަރެންސްގައި ރައީސް މައުމޫނަށް ބޭރުގެ "އިތުބާރު" އޮތްކަމަށް "ވަރަށް ޔަގީންކަމާއެކު" ވިދާޅުވަމުންނެވެ. "ތިވިދާޅުވަނީ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ރައީސަށް ފިއްތުންތައްހުރި ވާހަކަ. ކުރިމަތި ނުލުމަށް އަދި ޤަބޫލުނުކުރައްވާ ވާހަކަ އެހައިސިއްޔަތު. އަޅުގަނޑު މިހާރަކު ކޮންމެހެން މިސްޓޯރީ ބްރޭކްކުރާކަށް ބޭނުމެއްނޫން، އެކަން ކަންޕާލާގަ މިހާރު ހިނގަމުންދާތީ. އެހެންނަމަވެސް ކުރިއަށްމިއޮތް ހަތަރު ފަސްގަޑިއިރެއްތެރޭ އިތުރު ސްޓޯރީއެއް ލިބިވަޑައިގަންނަވާނެ. އެކަމުގެ ސަބަބުން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސްގެ ޝަޚްސިއްޔަތު ކޮމަންވެލްތްގެ ތެރޭގަ ހުރި މިންވަރު. އަދި ދިވެހިރާއްޖެ އެމީހުން ޤަބޫލުކުރާ މިންވަރު. މިއަދުގެ ތެރޭގަ އެކަން ހިނގަމުންދާނެ. ފޮރިން އެފެއާޒުން ވަކި ޚަބަރެއްގެގޮތުގައި އެކަން ލިޔުއްވާނެ. އެހެންވީމާ އޭގެ ތަފްސީލް އަޅުގަނޑަށް ދެންނެވެން ނެތީ. އެޚަބަރު ނިކުތީމަ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އާނ އަދި ކަންތައްތައް މިވަނީ އަޅުގަނޑުމެންނަށް އިވޭ ގޮތަށްނޫންކަން" މިމަހު 25 ވަނަ ދުވަހު މެންދުރު ޓީވީ މޯލްޑިވްސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންފޮމޭޝަން މިނިސްޓަރ ނަޝީދު ވިދާޅުވިއެވެ.

މިނޫސްކޮންފަރެންސް ނިންމާލެއްވުމަށްފަހު އިންފޮމޭޝަން މިނިސްޓަރ މުހައްމަދު ނަޝީދު އެވަގުތު އެތާތިއްބެވި ބައެއް ނޫސްވެރިންގާތު ކޮމަންވެލްތުން ނެރޭ ބަޔާން ނޫސްތަކުގެ ފަލަ ސުރިޚީއަށް އަރާނެކަމަށް، ހިނިފުޅުވަޑުވަމުން ވިދާޅުވިތަން އެތަނުގައި ތިބި މިނޫހުގެ ނޫސްވެރިންނަށްވެސްވަނީ ފެނިފައެވެ. ނަމަވެސް އެނޫސްކޮންފަރެންސް ނިމުނުތާ 48 ގަޑިއިރުވީއިރުވެސް ކޮމަންވެލްތުން ނަޝީދު އެވިދާޅުވާ ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ.

މިކަން ސިފަކުރައްވަމުން ރާއްޖޭގެ ސިޔާސީ މައިދާނުގެ ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ އެފަދަ ބަޔާނެއް ނެރުމަށް ކޮމަންވެލްތުގައި ދިވެހި ސަރުކާރުން އެދެމުންދާކަން މިކަމުން ދޭހަވާކަމަށާއި، ނަމަވެސް ކޮމަންވެލްތުން ރައީސް މައުމޫން "ބަލައިނުގަންނާތީ" އެފަދަ ބަޔާނެއް ނުނެރުނީ ކަމަށެވެ.

ކުރިއަށް ހުރި އިތުރުފުޅުު
ހަމަ އެދުވަހުގެ ކޮންފަރެންސްގައި މިނިސްޓަރ ނަޝީދު ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބްގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދެއްވާނެކަމަށެވެ. ނަމަވެސް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވަނީ ނަޝީދުގެ ބަހާއި އަމަލާއި ދިމާނުވާތީ، މިފަދަ ގޮތަކަށް އެބޭފުޅާ އަމަލުކުރައްވަފާނެކަމާމެދު ސުވާލުއުފެދޭކަމަށެވެ.

"އަޅުގަނޑު ބުނަނީ ޕޮސިޓިވްކޮށް ވިސްނާށޭ. ކަންތައްތަކެއް އެބަ ހިނގައޭ. އެކަންކަން ނުވާކަންކަމަށް ނުހައްދަވާށޭ. ހަމަ މިސަރުކާރުންނޭ މިބަދަލުތައް މިއޮއްގެން އަންނަމުން ދަނީ. ޕްރައިވެޓް ބްރޯޑްކާސްޓަރުންގެ ޗެނަލްތައްވެސް އެދަނީ ސިޔާސީ ނުފޫޒުގެ ތެރެއަށް ވަންނަމުން ނޫންތޯ. ހަމަ އެމީހުން ބޭނުންވަރަކަށް އެއާރޓައިމް ހޯއްދަވަންވީނޫންތޯ. އެހެންވީމަ އެހާ ނެގެޓިވްކޮށްވެސް ދެކެވަޑައިނުގަންނަވާށޭ. އަދި ޕަބްލިކް ބްރޯޑްކާސްޓަރަކަށް ނުވިޔަސް ހަމަހަމަ ފުރުސަތު ރިޔާސީ ކެނޑިޑޭޓުންނަށް ދިނުމަކީ އަޅުގަނޑު ހަމަ ކުރާނެކަމެއް." އެދުވަހުގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދާއި އިތުރުފުޅު ހެއްދެވުނުް
މިފަހަކަށް އައިސް އިންފޮމޭޝަން މިނިސްޓަރ މުހައްމަދު ނަޝީދު ސިފަކުރެވިފައިވަނީ ނޫސްވެރިންކުރިމަތީގައި އިތުރުފުޅު ހައްދަވާ މިނިސްޓަރެއްގެ ގޮތުގައެވެ. މިގޮތުން އެންމެ ފުރަތަމަ ކުރީގެ ބަންޑާރަ ނާއިބް ޑރ. ހަސަން ސައީދު އިސްތިއުފާ ދެއްވި ދުވަހު، އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގްގައި، އިސްލާހީ އެޖެންޑާގެ މޭސްތިރިއަކީ ހަސަން ކަމަށް ވިދާޅުވެފައި، އޭގެ ދުވަސްތަކެއްފަހުން ވިދާޅުވެފައިވަނީ އިސްލާހީ އެޖެންޑާގެ މޭސްތެރިޔަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުކަމަށެވެ.

އެޓާނީ ޖެނެރަލްކަން މިނިސްޓަރ ނަޝީދު ގަބޫލުކުރައްވާނަންތޯ އޭރު އެއްސެވުމުން ވިދާޅުވެފައިވަނީ، "އަޅުގަނޑުގެ ބެސްޓް ފްރެންޑްގެ އަނބިކަނބަލުންނާއި ކައިވެނި ނުކުރައްވާނަން" ކަމަށެވެ. ނަމަވެސް އެޓާނީ ޖެނެރަލްކަމަށް ކުފޫ ހަމަވާ ބޭފުޅެއް ރައީސް މައުމޫނަށް ލިބިވަޑައިނުގެންނެވުމުން، ބައި ބަންޑާރަ ނައިބަކު ހަމަޖައްސަވައި، އަނެއްބައި ހިއްސާކުރެއްވީ މިނިސްޓަރ ނަޝީދެވެ. މިކަން ބައެއް މީހުން ސިފަ ކުރައްވަނީ "ބެސްޓް ފްރެންޑްގެ އަނބިކަބަލުންގެ އެއްބައި ނަޝީދު ހިއްސާ ކުރެއްވީ" ކަމަށެވެ.

 

07 ފެބްރުއަރީ 2008
ނަޝީދަކީ ބަހާއި އަމަލު ދިމާނުވާބޭފުޅެއްކަން އެގެއެވެ.‫އަދިވެސް ނަޝީދު ބޭނުންވަނީ ދިވެހިރައްޔިތުންނަށް ވުރެން ބޮޑަށް ވަޒީފ.ާ އެބޭފުޅަކީ އުމުރުން ތުއްޕުޅު އިރުގައިވެސް ވަރަށް ފޮނިކޮށް އުޅެން ބޭނުންވާ މީހެކެވެ.‫އަދި ނަޝީދު ހދާދޮގުތަށް ގިނައެވެ.‫ދެންވެސް އަންނަ ޑީއާރު ޕީގެ ކެބިނެޓްގައި ނުހުންނާނެ ވާހަކަ ބުނިކަމުގައި ވިޔަސް އެކަމަކީ ހަމަ އިޒުރޭލުން ފަލަސްތީނު މީހުންނާ ކުރާކަހަލަ އެއްބަސްވުމެވެ.‫ވަރަށް އަވަހަށް ހަދާން ނެތޭނެވެ.‫އެއީ ހަމަ ....... ވައްތަރެކެވެ.
02 ފެބްރުއަރީ 2008
ހީވާގޮތުން މިވާގޮތަކީ ވަޒީފާގެފުރުސަތުމަދުވީމާ ކޮންމެގޮތަކުންވެސް އެއިރަކު އެއުޅޭވަޒީފާއެއްގައި ހުރެވޭތޯބަލަނީ.‫ އެގިލައްވާނޭފަދައިން ދެކޮޅުޖެހޭވަރުގެ މުސާރައެއްމިލިބެނީ ވަރަށްމަދު ވަޒީފާއަކުން. މިރާއްޖޭގައި މިހާރުގިނައިންހުރީ 100 ވަރަކަށް ޑޮލަރުގެމުސާރައިގަ ބޭރުމީހުނަށް ޓާރގެޓްކުރެވިފައިހުރި ގިނަވަޒީފާ. ވިޔަފާރިއެއްކުރަން ބަލަފައިއްޔާ އެހާކޮންޕެޓިޝަންބޮޑު. ކީއްކުރާނީ!
02 ފެބްރުއަރީ 2008
ނަޝީދަކީ ހަމަ އަބަދުވެސް އިތުރުފުޅު ހައްދަވާބޭފުޅެއް.‫ އަންނަ ރިޔާސީ އިންތިޚާބުގައި ޓީވީ އަދި ރޭޑިއޯއިން އެއްވެސް ވަރަކަށް އިދިކޮޅު ކެންޑިޑޭޓަކަށް އެއަރ ޓައިމެއް ނުދޭނެ.‫ ދީފިއްޔާ ދެން އުމުރަށް އަޅުގަނޑު ސިޔާސީ ވާހަކަ ނުދައްކާނަން.
28 ނޮވެމްބަރ 2007
ނަޝީދު އިތުރުފުޅު ހެއްދެވީ ކަމަކަށް މި ޚަބަރަކުން ޤަބޫލެއް ކުރެވޭ.‫​ އޭގެ ބަދަލުގައި ޤަބޫލުކުރެވެނީ މި ޚަބަރު ލިޔުއްވި މީހަކަށް ސިޔާސީ އަދި ޚާރިޖީ ސިޔާސަތު އެއްވެސް ވަރަކަށް ނޭނގޭކަން -މައުލާނާ
 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd