atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
އިންތިޤާލީ އޮޑި ހަލުވާލަން ޑީއާރްޕީން ބޭނުންނަމަ ކުރިން އަންގާލުމަށް އިބްރާހިމް ޙުސައިން ޒަކީ ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ 8 މެމްބަރުން އައްޔަންކުރާނީ ވަތަން އެދޭގޮތުގެ ގުޅުމަށް ބުރޫ ނާރާގޮތަށް: ޒަކީ
 
02 ނޮވެމްބަރ 2008
އިބްރާހިމް ވަހީދް (އަސްވާޑް)
image
ކުރިއަށްއޮތް ނުވަދުވަސްތެރޭ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ސަރުކާރާއި ހަވާލުވާއިރު، އިންތިޤާލީ މަރުހަލާގައި ހުރިހާކަމެއް އަމާންކަމާއި އޮމާންކަމާއެކީ ގެންދަން ބޭނުންކަމަށާއި، ނަމަވެސް މިހާރު ސަރުކާރު ހިންގަވާ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ން އިންތިޤާލީ އޮޑި ހަލުވާލަން ބޭނުންނަމަ ކުރިން އެކަން އަންގާލުމަށް ކުރިއަށްއޮތް ދައުރުގެ ރައީސް މުހައްމަދު ނަޝީދު، އަންނިގެ ރިޔާސީ ތަރުޖަމާން އިބްރާހިމް ހުސައިން ޒަކީ ވިދާޅުވެއްޖެއެވެ. ޒަކީ މިހެން ވިދާޅުވީ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް ރޭ ޑީއާރްޕީން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވުމާއިގުޅިގެން ދާއިމީ ނަތީޖާ އިއުލާންކުރުން ލަސްވެގެން ދިޔުމާއި ގުޅިގެންނެވެ.

"ރައީސް މައުމޫން އެވަނީ ޑިމޮރަސީގެ ރީތި ހަމަތަކާއި އުސޫލްތަކުގެ މަތިން ބަލިގަބޫލުކުރައްވައި، ނަތީޖާ ގަބޫލުކުރައްވާފަ. ދެން ދާއިމީ ނަތީޖާ އިއުލާންކުރަން ކުޑަތަންވެފައިވަނިކޮށް ޑީއާރްޕީން އެކުރި ކަމަކީ އެއްގޮތަކަށް ޑިމޮކްރަސީއާއި ގުޅޭކަމެއް ނޫން. އަޅުގަނޑުމެން މިތިބީ މިބަދަލު ވަރަށް އަމާންކަމާއި އޮމާންކަމާއެކީ ގެންދަން ތައްޔާރަށް. މަސައްކަތް މިކުރަނީ އެގޮތަށް އެކަން ގެންދެވޭތޯ. އެހެންނަމަވެސް މިދަނޑިވަޅުގައި ޑީއާރްޕީން މިއޮޑި ހަލުވާލަން ތިބިއްޔާ އަޅުގަނޑުމެންނަށްވެސް އެކަން އަންގާލިއްޔާ ވަރަށް ރަނގަޅު. އަޅުގަނޑުމެންވެސް މިތިބީ ތައްޔާރަށް" ޑީއާރްޕީގެ ލީގަލް ޓީމުން ރޭ 7:15 ގައި ކޮމިޝަނަރ އޮފް އިލެކްޝަންސްއަށް ފޮނުވި ސިޓީގެ ސަބަބުން ދާއިމީ ނަތީޖާ އިއުލާންކުރުން ލަސްވެގެން ދިޔުމާއިގުޅިގެން އަންނިގެ ރަސްމީ ތަރުޖަމާން އިބްރާހިމް ހުސައިން ޒަކީ ވިދާޅުވިއެވެ.

މީގެއިތުރުން ޒަކީ ވިދާޅުވީ، އަލަށް އެކުލަވާލެވުނު ޤާނޫނުއަސާސީގެ އިންތިާލީ ބާބުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އަށް މެމްބަރުން ތިއްބަވާ ކަމަށާއި، އަންނި ވެރިކަމަށް ހުވާކުރެއްވުމަށްފަހު އެ އަށް މެމްބަރުންގެ ގޮނޑިތަކަށް ބަދަލު އަންނާނެކަމަށެވެ."އެ އަށް މެމްބަރުންނަނީ ރައީސުލްޖުމްހޫރިއްޔާގެ އަށް މެމްބަރުން. ރައީސުލްޖުމްހޫރިއްޔާ ބަދަލުވީމާ އަލަށް ވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ (އަންނި) އަށް އިތުބާރުކުރެއްވޭ ބަޔަކު އެގޮނޑިތަކުގައި ތިއްބަވާނީ. ރައީސުލްޖުމްހޫރިއްޔާ (އަންނި) އަށް އެނގިވަޑައިގަންނަވާނީ އައްޔަން ކުރައްވާނީ ކޮންކޮން ބައެއްކަން. މިހާރު މިއޮތީ ކޯލިޝަނެއް (އިއްތިހާދެއް) އެކުލަވާލެވިފަ. އަޅުގަނޑަށް ޔަގީންކުރެވޭގޮތުގައި އެގޮނޑިތަކަށް މެމްބަރުން އައްޔަންކުރައްވާނީ މިކޯލިޝަނަށް ބުރޫ ނާރާގޮތަކަށް، ކޯލިޝަންގެ އިތުބާރު ލިބޭގޮތަށް. ވަތަން އެދެނީ އެގޮތަށް" އިބްރާހިމް ހުސައިން ޒަކީ ވިދާޅުވިއެވެ.

އިއްޔެގެ ނިއުސް ކޮންފަރެންސްގައިވެސް ވިދާޅުވިފަދައިން މިއަދުވެސް ޒަކީ ވިދާޅުވީ، ތިންވަރަކަށް ދުވަސްތެރޭ ކެބިނެޓަށް ބޭބޭފުޅުން އައްޔަންކޮށް ނިންމާލެވޭނެކަމަށާއި، އައު ސަރުކާރެއް އައުމުން ވުޒާރާތައް މަދުވިނަމަވެސް، ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުންގެ އަދަދަށް ނުވަތަ މުވައްޒަފުންގެ ވަޒީފާއަށް އެއްވެސް ބުރުލެއް ނާރާނެކަމަށެވެ. އަދި ތީމުގޭގައި އަންނި ނޫޅުއްވާގޮތަށް ހަމަޖެއްސެވިނަމަވެސް އަންނި ވެރިކަމަށް ވަޑައިގަތުމަށްފަހު އުޅުއްވާނެ ގެކޮޅެއް އަދި މުޅިން ހަމަނުޖެހޭކަމަށްވެސް ޒަކީ ވިދާޅުވިއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd