atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
ޑީއާރްޕީގެ ނައިބް ޒަޢީމް ސަންޓްރެވަލް ޝިޔާމް ވަރަށްއަވަހަށް އިސްތިއުފާދެއްވާނެކަމަށް ޚަބަރު ލިބިއްޖެ
 
20 ނޮވެމްބަރ 2008
އިބްރާހިމް ވަހީދް (އަސްވާޑް)
image
ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ އެއް ނައިބް ލީޑަރ ސަންޓްރެވަލް އަހްމަދު ޝިޔާމް އެޕާޓީން ވަރަށްއަވަހަށް އިސްތިއުފާދެއްވާނެކަމަށް ވަރަށް އިތުބާރުހުރި ފަރާތަކުން މިނޫހަށް މަޢުލޫމާތު ދީފިއެވެ. ނޫހުގައި ނަން ޖަހަން ނޭދޭ ޝިޔާމްގެ ވަރަށް އަރިސް ބޭފުޅަކު މިނޫހަށް މައުލޫމާތުދިންގޮތުގައި، ޑިއާރްޕީގެ ޒައީމް މައުމޫން އަބްދުލްޤައްޔޫމް ރިޔާސީ އިންތިޚަބުން ނާކާމިޔާބުވެވަޑައިގަތްފަހުން ޕާޓީގެ ކަންތައްދަނީ އިދިކޮޅު ސިޔާސީ ޕާޓީއެއް ހަރަކާތްތެރިވާން ޖެހޭގޮތަށް ކަމަށް ނުވާތީ ޝިޔާމް އިސްތިއުފާދެއްވަން ނިންމެވީކަމަށެވެ.

"އަދި ހުރީ ޑީއާރްޕީގައި. އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއްތެރޭގައި ޝިޔާމް ޑީއާރްޕީން އިސްތިއުފާ ދޭނެ. ޑީއާރްޕީން އިސްތިއުފާ ދިނުމަށްފަހު ވަންނާނީ ކޮން ޕާޓީއަކަށްކަމެއް ނޭނގޭ. ބޮޑަށް ގަބޫލުކުރެވެނީ ޝިޔާމް އެއްވެސް ޕާޓީއަކާއި ގުޅިވަޑައި ނުގަންނަވާނެކަމަށް. މިނިވިންކޮށް ހަރަކާތްތެރިވެވަޑައިގަންނަވާނީ" ޝިޔާމްގެ އަރިސް ބޭފުޅަކު މިނޫހަށް މައުލޫމާތުދެއްވިއެވެ.

ޑީއާރްޕީގެ އެންމެފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި، އެޕާޓީން ދުވަހުންދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެޕާޓީގެ ނައިބް ޒައީމެއްކަމަށްވާ އަހްމަދު ތަސްމީން އަލީއާއި ވަނީ ހަވާލުކޮށްފައެވެ. އޭގެއިތުރުން ޕާޓީ ހިންގެވުމުގައި ދެން އެންމެއިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެގޮތުގައި އަހްމަދު ޝިޔާމާއި ހަމްދޫން ހަމީދްވަނީ ހަމަޖައްސަވާފައެވެ. ނަމަވެސް މިނޫހަށް މައުލޫމާތުދެއްވި ފަރާތުން ވިދާޅުވީ، ޝިޔާމްއާއި މިމަސްއޫލިއްޔަތު ހަވާލުކުރެއްވުމުގެކުރިން އެއްވެސްވަރަކަށް ޝިޔާމްއާއި މަޝްވަރާވެސް ޑީއާރްޕީން ކުރައްވާފައި ނުވާކަމަށެވެ. ޝިޔާމް ޑީއާރްޕީން އިސްތިއުފާ ދެއްވާ ސަބަބުތަކުގެ ތެރޭގައި މިކަންތައްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މިޚަބަރަށް ޝިޔާމްގެ ކޮމެންޓެއް ހޯދާލުމަށް ގުޅާލުމުން ފޯން ނުނަންގަވާތީ ޝިޔާމްގެ ބަހެއްވަނީ މިއަދު ލިބޭގޮތް ނުވެފައެވެ.

ޑީއާރްޕީގެ ގިނަ އާއްމު މެމްބަރުންވެސް ޤަބޫލުކުރާގޮތުގައި ރިޔާސީ އިންތިޚަބަށްފަހު އެންމެބޮޑު އިދިކޮޅު ޕާޓީ، ޑީއާރްޕީގެ ސިޔާސީ ހަރަކާތްތައް ފެންނަނީ ވަރަށް ވަނދުކޮންނެވެ. ރިޔާސީ އިންތިޚާބްގެ ތެރޭގައި ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުގެ އިތުރަށް ނޫސްމަޖައްލާތަކަށް ޑީއާރްޕީގެ އިސްވެރިން އިންޓަވިއުތައްދީ ހެދިނަމަވެސް ރިޔާސީ އިންތިޚާބުގެފަހުން ޑީއާރްޕީގެ އިސްވެރިންގެ އަޑެއް ވަރަށް މަދުންނޫނީ ނީވެއެވެ. "އިންތިޚާބުގެ ކުރިންނާއި އިންތިޚާބުގެތެރޭގައި ޑީއާރްޕީ އޮތީ ވަރަށް ވަރުގަދަކޮށް. އެހެންނަމަވެސް އިންތިޚާބުގެފަހުން ޑީއާރްޕީ ނަގާ ކޮޅަށްޖެހޭތޯ މަސައްކަތްކުރަނީ ވަރަށް މަދުބައެއް. އެންމެން ކަހަލަގޮތަކަށް ފިލީ. މަޖިލީހުގައި ޑީއާރްޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުންތަކެއް ތިއްބަވާއިރު، ޕާޓީގެ މަސްލަހަތަށް ވާހަކަދައްކަވަނީ ޕާލިމެންޓްރީ ލީޑަރ އަނީސާ އަހްމަދު އެކަނި. އަނީސާ ހަރަކާތްތެރިވާތަން ފެނޭ އިދިކޮޅު ފަރާތްތައް ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގަވެސް. އަނީސާ ވަރަށްވެސް ހިތްވަރުގަދަ. ޓީވީއާއި ނޫސްތަކަށް އިންޓަވިއުދެއްވަނީ ނިހާން އެކަނިމާއެކަނި. ޑީއާރްޕީގެ އެންމެން އެކަތިގަނޑަކަށްވެގެން ރަނގަޅު އިދިކޮޅު ސިޔާސީ ޕާޓީއެއް ޤާއިމްކުރެވޭތޯ މަސައްކަތްކުރަންވީ" ޑީއާރްޕީގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެއް މިނޫހަށް އޭނާގެ ހިޔާލު ފާޅުކުރިއެވެ.

މިކަމަކީ ޑީއާރްޕީގެ އިސްފަރާތްތަކުންވެސް ގަބޫލުކުރާ ހަގީގަތެކެވެ. މީގެއިތުރުން އިދިކޮޅު ސިޔާސީ ޕާޓީއެއްގެގޮތުގައި ޑީއާރްޕީއަށް ހަރަކާތްތެރިނުވާތީ އެޕާޓީގައިތިބި އަދުގެ ސަރުކާރާއި ދެކޮޅު ޚިޔާލުގެ ގިނަބަޔަކު ް އައިޑީޕީއާއި ގުޅެމުންދާއިރު، އެހެން މެމްބަރުން ބައެއް އެހެންޕާޓީތަކާއިވެސް ގުޅެމުންދާކަމުގެ ޚަބަރުތައް ލިބެއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd