atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
އިބްރާހިމް ނާސިރުގެ ހަށިކޮޅާއެކު އެމަނިކުފާނުގެ ބޭފުޅުން ރާއްޖެވަޑައިގެންނެވިއިރު ވަންނަވާނެ ގެދޮރެއްނެތް
 
23 ނޮވެމްބަރ 2008
އިބްރާހިމް ވަހީދް (އަސްވާޑް)
image
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްމަރްހޫމް އިބްރާހިމް ނާސިރުގެ ހަށިކޮޅާއެކު އެމަނިކުފާނުގެ ބޭފުޅުން އަމިއްލަފުޅު ވަޒަންކަމުގައިވާ ދިވެހިރާއްޖެއަށް ވަޑައިގެންނެވިއިރު އެބޭބޭފުޅުން ވަންނާނެ ގެދޮރެއްނެތެވެ. އިބްރާހިމް ނާސިރުގެ އަމިއްލަފުޅު ދެގެ ކަމަށްވާ ހިލާލީގެއާއި، ވެލާނާގެވަނީ އިބްރާހިމް ނާސިރަށްފަހު ވެރިކަމަށް އިސްވެވަޑައިގަތް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ދައުލަތަށް ނަންގަވާފައެވެ.

އިބްރާހިމް ނާސިރު އަވަހާރަވުމުގެކުރިން، ރާއްޖޭގެ ޚަބަރު ވެބްސައިޓަކަށް ދަރިކަލުން އިސްމާއިލް ނަސީރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ކްރެސެންޓް ވިލާ (މިހާރުގެ ހިލާލީގެ) ދައުލަތަށް ނެގިއިރު އެގެހެދުމަށް އިސްމާއިލް ނާސިރު އަމިއްލަޖީބުން އެގެއަށް 40000 ރުފިޔާ ޚަރަދުކުރައްވާފައިވާނެކަމަށެވެ. އަދި ބައްޕާފުޅު (އިބްރާހިމް ނާސިރު) ގެ މިލްކިއްޔާތު ދައުލަތަށް ނެގުމުން އޭނާއާއި އޭނާގެ ދަރިފުޅު މަގުމަތިވިކަމަށާއި، އެހެންކަމުން ދިރިއުޅުން އަވަށްޓެރި ސްރީލަންކާއަށް އޭރު ބަދަލުކުރެއްވިކަމަށެވެ. މިހުރިހާކަމެއް އެއާއިލާއަށް މައުމޫން މެދުވެރިކުރީ އެބޭފުޅުންގެ ބައްޕާފުޅަކީ އިބްރާހިމް ނާސިރުކަމަށްވެފައި، ބައްޕާފުޅަށް އޮތް ހަސަދައެއްގެ ބޮޑުކަމުންކަމަށް އިސްމާއިލް ނާސިރު ވިދާޅުވެފައިވެއެވެ.

ދަންވަރުގެ ވަގުތުތަކުގައި ގޭގެ ފުރާޅަށް ގާއުކުމާއި، ޖެއްސުމާއި ފުރައްސާރަކުރުމުގެ އެތައްކަމެއް ވަމުން ދިޔުމާއިގުޅިގެން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމާއި ބައްދަލުކުރައްވާ ޝަކުވާ ހުށަހެޅުއްވުމުން މައުމޫން ދެއްވި ޖަވާބަކީ، "އަޅުގަނޑަށް ތިޔަކަމުގައި ކޮށްދެވޭނެ އެއްވެސް ކަމެއްނެތް. އެއީ އިބްރާހިމް ނާސިރު ކަންތައްކުރެއްވި ގޮތުން (ގާއުކުމާއި ފުރައްސާރަކޮށް މަލާމާތްކުރުމަކީ) ރައްޔިތުންގެ ޖަޒްބާތީ ޝުއޫރުތައް އުތުރި އަރަނީ" ކަމަށެވެ.

މިއަދު މާލެ ވަޑައިގެންނެވި ދަރިކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްމާއިލް ނާސިރުވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ބައްދަލުކުރައްވާފައެވެ. އަދި މަރްހޫމް އިބްރާހިމް ނާސިރުގެ ޖަނާޒާގެ ކަންތައްވެސް ރަސްމީ ޢިއްޒަތުގައި ބޭއްވުމަށް އަދުގެ ސަރުކާރުންވަނީ ނިންމަވާފައެވެ. ނަމަވެސް އެބޭފުޅުން ތިއްބަވާނެތަނެއް އަދި ސަރުކާރުން ހަމަޖެއްސެވިކަމެއް މީޑިއާއަށް ހާމަކޮށްފައެއް ނެތެވެ.

އިބްރާހިމް ނާސިރު ތިންކައިވެންޏެއް ބައްލަވައިގެން ފަސްބޭފުޅުން ލިބިވަޑައިގެންނެވިއިރު މިހާރު ދުނިޔޭގައި ތިއްބެވީ ތިންބޭފުޅުންނެވެ. އެއީ ތުއްތު ދޮންގޮމާއާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި އަހްމަދު ނާސިރާއި، ނަސީމާ މުހައްމަދު ކަލޭފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި އިސްމާއިލް ނާސިރާއި އައިޝަތު ނާސިރެވެ. މިތިން ބޭފުޅުންވެސް މިއަދު ބައްޕާފުޅުގެ ހަށިކޮޅު ގެންނެވި ސްރީލަންކަން އެއަރލައިންސްގައިވަނީ ރާއްޖެ ވަޑައިގެންފައެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ލިޔުމުގައި ސޮއިކުރެއްވި އިބްރާހިމް ނާސިރަކީ، މައުމޫން ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު ސިންގަޕޫރަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައިވާ ބޭފުޅެކެވެ. ވޭތުވެދިޔަ ދިގު 30 އަހަރު ގައުމުން ބޭރުގައި އުޅުއްވުމަށްފަހުވެސް އެމަނިކުފާނުގެ އާއިލާ ބޭފުޅުން ބޭނުންވަނީ އެމަނިކްފާނުގެ ޖަނާޒާގެ އެންމެހާ ކަންތައް ރާއްޖޭގައި ކުރިއަށް ގެންދެވުމަށެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd