atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
ރައީސް މައުމޫނަށް ދޭންއުޅުނު ހަމަލާއަކީ "ކުޅެފައިވާ ޑްރާމާއެއް" ކަމަށް ނިންމާނީ ރައްޔިތުން: ޑރ.ހަސަން ސައީދު
ރައީސް މައުމޫނަށް މިފަދަ ޙަމަލާއެއް ދީފާނެކަން ކުރިންވެސް އެނގޭކަމަށް ޤަބޫލުކުރެވޭ ވާހަކަތަކެއް "ހަމަރޯޅި" ނޫހުން ފަތުރަން ފަށައިފި
 
10 ޖެނުއަރީ 2008
އިބްރާހިމް ވަހީދް (އަސްވާޑް) -
image
ރައީސް މައުމޫން ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ އަންގާރަދުވަހުގެ ހެނދުނު ހޯރަފުށީގެ ރައްޔިތުންނާ ސަލާމް ކުރައްވަމުންދަނިކޮށް، މީހަކު ވަޅިއަކުން އެމަނިކުފާނަށް ޙަމަލާދޭން އުޅުނު މައްސަލައާއިގުޅިގެން، މާލެތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވެމުން އެބަދެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ރައީސް މައުމޫނަށް މަސްވަޅިޔަކުން ހަމަލާދޭން އުޅުނު ހާދިސާއަކީ "ކުޅެފައިވާ ޑްރާމާ" އެއް ކަމަށެވެ. މިހާދިސާއަކީ ދާދިފަހުން ސަރުކާރުން އިސްތިއުފާ ދެއްވި ވަޒީރުން ރާވައިގެން ހިންގާފައިވާ އަމަލެއްކަމަށް ދެއްކުމަށް ޑީއާރްޕީގެ މީޑިއާތަކުން މަސައްކަތްކުރަމުން އަންނަކަމަށްވެސް ގިނަބަޔަކު ތުހުމަތު ކުރެއެވެ.

މިކަމާއި ގުޅިގެން ޑރ. ހަސަން ސައީދާއި މިނޫހުގެ ފަރާތުން ގުޅާލުމުން ވިދާޅުވީ، އެހަމަލާއަކީ "ކުޅެފައިވާ ޑްރާމާއެއް" ކަމަށް ދެކެވޭ ވާހަކަތަކަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ. އެކަން ނިންމާނީ ރައްޔިތުންކަމަށެވެ. އަދި އޭނާއަކީ އެއްވެސް އިރެއްގައި މާރާމާރީއާއި ޓެރަރިޒަމަށް ހިތްވަރުދީ ވާހަކަދައްކާ އަދި އެފަދަ ކަމަކަށް ތާއީދުވެސް ކުރާ މީހެއް ނޫންކަމަށްވެސް ޑރ.ޙަސަން ވިދާޅުވިއެވެ. ސަރުކާރުން އިސްތިއުފާ ދެއްވި ދުވަހުން ފެށިގެންވެސް މަސައްކަތްކުރަމުން އަންނަނީ ރައްޔިތުންގެ ހައްގުގައިކަމަށާއި، އިސްތިއުފާ ދެއްވި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ދެއްވި އެއްވެސް ވާހަކައެއްގައި މީހެއްގެ އަބުރަށް ހުތުރުވާގޮތަށްވެސް ވާހަކަފުޅު ދައްކާފައިނުވާނެކަމަށް ވިދާޅުވިއެވެ.

ޑރ.ހަސަން ސައީދާއި އޭނާގެ ބައިވެރިން ޑީއާރްޕީން އިސްތިއުފާ ދެއްވިދުވަހުން ފެށިގެން ޑީއާރްޕީގެ ރަސްމީ ނޫސް "ހަމަރޯޅި" އިން އަންނަނީ ޑރ. ޙަސަން ސަޢީދާއި އަދި އޭނާގެ ބައިވެރިންނާބެހޭގޮތުން ތަފާތު ވާހަތައް ތަފާތު ގޮތްގޮތަށް ފަތުރަމުންނެވެ. މިގޮތުން މިމަހު 6 ވަނަ ދުވަހުގެ ހަމަރޯޅި ނޫހުގައި އަހްމަދް ނިހާންގެ ނަމުގައި ލިޔެފައިވާ ލިއުމެއްގައިވަނީ ޑރ.ޙަސަން ސަޢީދާއި، ޑރ. ޝަހީދު، ރައީސް އުތުރަށް ދަތުރުފުޅުކުރައްވަން އުޅުއްވާކަން އެނގިގެން މީހުންނަށް ފައިސާދީގެން ޓެރަރިޒަމަށް ހިތްވަރުދެމުންދާކަމަށެވެ. "އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން މަގުފުރެއްދުމަށް މިހާރު އެއަތޮޅަށް ދަތުރުތަކެއް ކުރަމުންދާ އިންޤިލާބީ އިއްތިހާދުގެ ބާނީ ޙަސަން ސައީދާއި ޝަހީދާއި ދެމީހުން ނިއުމޯލްޑިވްސް މޫމަންޓްގެ ނަމުގައި ޓެރެރިޒަމްއަށް ހިތްވަރުދޭން ފަށައިފިކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ ހއ.ދިއްދޫގެ ޒުވާން ކުދިންކޮޅެއް އެކަހެރިކޮށް އެކުދިންނަށް ފައިސާގެ ދަޅަދެއްކުމަށްފަހު ޙަސަނާއި ޝަހީދު އެދިފައިވާ ކަމުގައި ޚަބަރުތައް ފެތުރެމުންދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރައްތަކަށް ދަތުރުފުޅެއް އެބަފައްޓަވާ ކަމަށާއި، މިދަތުރުފުޅުގައި އެމަނިކުފާނަށް އެކިކަހަލަ އުދަގޫތައް ޖައްސައިދިނުމަށެވެ. މީގެތެރޭގައި ޓެރަރިޒަމަށް ފެތޭ އެތައްކަމެއް ހިމެނޭކަމަށްވެއެވެ. ތިމަންނާމެންގެ ބޭނުމަކީ އިޞްލާޙޭ އަދި ތިމަންނާމެން މިއުޅެނީ ސިޔާސީގޮތުން ރަނގަޅު ވެއްޓެއް ރާއްޖޭގައި ޤާއިމު ކުރާށޭ، ކަރަޕް ޕޮލިޓިކްސް ނައްތާލާށޭ ބުނާބަޔަކު ޓެރަރިޒަމްއަށް ހިތްވަރުދީ ފައިސާދީގެން މިޒާތުގެ ނާތަޙްޒީބީ ޢަމަލު ކުރުމަށް އުޅޭކަމަށް އަޑުއެރުމަކީ ކޮންބާވަތެއްގެ ޑިމޮކްރަސީއެއްތޯ ޙަސަން ސަޢީދުކުރެން ދިވެހި ރައްޔިތުން ސުވާލުކުރަން ވެއްޖެއެވެ." މިހެން ލިޔެފައިވެއެވެ. ހަމަރޯޅި ނޫހުގެ އިއްޔެގެ އަދަދުގައިވެސް "ނިއުމޯލްޑިވްސް އާއި އިންގިލާބީ އިއްތިހާދުން "ޓެރަރިޒަމް"ގެ އަމަލުތައް ހިންގަން ފަށައިފި" މިސުރުހީގެ ދަށުން ފެކްޓެއްނެތް ވާހަކަތަކެއް ޝާއިޢުކޮށްފައިވެއެވެ.

މިކަމުގައި ހަސަން ސައީދުގެ ބަހަކީ "އަޅުގަނޑު ވަރަށް ހިތާމަކުރަން ގައުމެއްގެ ރައީސްކަން 30 އަހަރުކުރެއްވި ބޭފުޅެއް ނިސްބަތްވާ ޕާޓީގެ ރަސްމީ ނިއުސް ލެޓަރގައި ސާބިތުނުހިފޭ ދޮގު ވާހަކަތަކެއް ލިޔެފައި ހުންނާތީ. އަޅުގަނޑު ޓެރަރިޒަމަށް ހިތްވަރުދީފަ ވާހަކަދެއްކިކަން ހަމަރޯޅީގައި އެހެން ލިޔުނު މީހަކަށް ޔަގީންވަންޏާ އެކަން ޝަރީއަތަށް ހުށަހަޅަން ޖެހޭނެ. ސާބިތުނުހިފޭ ވާހަކަތަކެއް ކަމަށް ވަންޏާ އެފަދަ ވާހަކަތަކެއް ފަތުރާ މީސްމީހުންގެ އަބުރާ އިއްޒަތަށް އަރައިގަންނަނީ ކީއްކުރަންތޯ" މިއެވެ.

ޑރ.ހަސަން ސަޢީދު ވިދާޅުވީ، ރައީސް މައުމޫނަށް ދިން ހަމަލާއަކީ ހަސަން ދިން ހަމަލާއެއްކަމަށް ހެދުމަށް ސަރުކާރުންވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިގޮތުން ރައީސް ހޯރަފުށިގައި ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ޕާޓީތައް އިތުރަށް ތަސައްރަފް ފުދެންވެއްޖެކަމަށް ވިދާޅުވި ވިދާޅުވުން ޙަސަން ފާހަގަކުރެއްވިއެވެ. ރައީސްގެ އިސްތަރުޖަމާން މުންދޫދު، އެދުވަހުގެ ޙަމަލާއާއިގުޅިގެން ވިދާޅުވެފައިވަނީ، މިކަމުގެ އަޑީގައި ތިބީ ޤައުމީ އެއްބައިވަންތަގުޅުމުގެ ބޭފުޅުންކަމަށާއި އެގުޅުމުގެ ފަރާތުން މިކަމަށް ޖަވާބްދާރީވާން ޖެހޭނެކަމަށެވެ.

"އެންމެ ފުރަތަމަވެސް ކަމެއް ތަހްގީގުކުރުމުގެ ކުރިން މިބުނަނީ މިވެނި މީހެކޭ އެކަން ކުރީ. ދެން ތަހްގީގްވެސް ކުރަން މިފަށަނީ. ދެން މިބަލަނީ އެމީހެއްގެ ދުވަސް ދުއްވާލެވޭތޯ. ދެން ކިހިނެއްތޯ ތަހްގީގެއް ރަނގަޅަށް ދާނީ. އެއުސޫލް ދޫކޮށް ސަރުކާރުވެސް އެބަޖެހޭ ތަންކޮޅެއް ތަސައްރަފްފުދެން މިކަހަލަ ވާހަކަ ދައްކާއިރު" ހަސަން ސައީދު ވިދާޅުވިއެވެ.

ރައީސަށް ހަމަލާއެއް ދޭންއުޅޭކަން "ހަމަރޯޅި" ނޫހަށް ކުރިން އެނގޭ؟
ރައީސް މައުމޫނަށް ހޯރަފުށިން ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނަށް "ޓެރަރިސްޓް" ހަމަލާއެއް އަންނާނެކަމުގެ ވާހަކަތަކެއް އެކި ދުވަސްމަތިން ހަމަރޯޅި ނޫހުން ފަތުރަމުން އައިސްފައިވެއެވެ. އެހެންކަމުން، ރައީސް މައުމޫނަށް މީހަކު ވަޅިން ދޭންއުޅުނު ޙަމަލާއާއިބެހޭ މަޢުލޫމާތު ޑިއާރްޕީއަށް ކުރިންވެސް އެނގޭކަމަށް ގިނަބަޔަކު ބުނަމުން އެބަގެންދެއެވެ. އަދި މިކަމަކީ ރައީސް މައުމޫނަށް ނާންގާ ޑީއާރްޕީގެ އެތެރެއިން ރޭވިފައިވާ ޕްލޭނެއްކަމަށްވެސް ބައެއް ފަރާތްކުން ތުހުމަތުކުރެއެވެ.

ރައީސް މައުމޫނަށް ދޭންއުޅުނު ޙަމަލާއާއިގުޅިގެން ހާމަނޫހުގައި ޝާއިޢުކުރަމުންދިޔަ ޚަބަރުތަކަށް އޮންލައިން ކިއުތެރިންގެ ތެރެއިން ގިނަ ކިއުންތެރިން ފޮނުވާފައިވާ ޚިޔާލުގައިވެސް ބުނެފައިވަނީ، މިޙަމަލާއަކީ ރޭވުމެއްކަމަށެވެ.

 

12 ޖެނުއަރީ 2008
ވެދާނެ މީ ރޭވުމަކަށްވެސް ދެން މިކަމުން ޕަބްލިކް ސަޕޯޓު ލިބިގެން މައުމޫނު އަނެއްކާ ވެރިކަމަށް ހޮވިއްޖެނަމަ މިކަންރޭވިމީހުންވެސް އަމިއްލައަށް މިކަންކުރިވާހަކަ ދައްކާ ފޮނިކަޑަނެ، ނުވެއްޖެނަމަ ހިމޭނުންތިބޭނީ، މީ ވެސް އުކުޅެއްކަމަށް ހީވަނީ.‫​
11 ޖެނުއަރީ 2008
ހއ.‫​އަތޮޅުގައި ޖައުޝާ ޖައުފަރުގެ ތާޢީދު ވަރަށްބޮޑު މިނާއަކީ ޔާމީން ޢަބުދުލް ޤައްޔޫމްގެ ޕީއޭގެ ވަރަށް ބާރުގަދަ މެމްބަރެއް! ވެރިކަމަށް އައުމަށާއި ޤައުމުގައި ތޫނުހަތިޔާރުން ހަމަލާދިނުން ތަޢާރަފުކުރިކަށް ވާހަކަ ދެކެވެނީ ޔާމީން ޢަބުދުލް ޤައްޔޫމްކަމަށް، ފަހަރުގައި މައުމޫނަށް ދިންކަމަށް ބުނާ ހަމަލާއަކީ ޕީއޭ އާއި، ޑީއާރު،ޕީ ގުޅިގެން ހިންގާފައިވާ ޢަމަލަކަށް ނުވާނެބާވައެވެ.‫​ ހޯރަފުއްޓަކީ ވަރަށް ރަގަޅު ހިތް ހެޔޮ ރައްޔިތުން ދިރިއުޅެމުން އަންނަރަށެއް، އަހަރެން އެަރަށު ވަރަށް ގިނަރައްޔިތުން ދަންނަން،
11 ޖެނުއަރީ 2008
"ވަޅި ނެރޭތަން ދެކެފައި ހާ ކުޅަޔޭ އަސްތަޣްފާރު، މަޅިފަތީގައިޖެހުމުން، ކުކުޅު ހަރާންކުޅައޭ ބާޒް" އާދެ! ސިޔާސީވެގެން މިއުޅުއްވާ ބޭފުޅުން މިކަހަލަ ޅެންތަކުން ވެސް ޚިޔާލް ހޯއްދެވުން އެއީހަމަ އޮތްކަމެއް، ނިހާން އެހާކުރިންލިޔަމުން އެދިޔައީ މިވާހަކަ ބާ!
11 ޖެނުއަރީ 2008
އިވޭ އަޑުތަކާ ފެންނަ ލިއުންތަކުން ބޮޑަށްބުރަވެވެނީ މީ ރޭވުމެއްކަމަށެވެ، ނޫނީ ކުރިން ރައީސްވަޑައިގަންނަވާ ތަންތަން ބަލާ ފާސްކޮށް ހުރިހާހިސާބެއްގައި ސިކިއުރިޓީ ވެސް ތިބެ ފަރިއްކުޅުއްވާ ތަކެތިން ގާޑުން ރަހަބަލާ ކުރުބާވެސް ރަހަބަލާފަ އަރުވަމުން މިތިރީސް އަހަރު މިވޭތުވަނީ ރައީސްގެ ހަށިކޮޅަށް ރައްކާތެރިކަމާއެކުގައެވެ، ވީއިރު މިފަދަކަމެއް ހިގާފާނެ ކަމަށް ހީވާކަހަލަ އަޑުތަކެއްއިވިއިވިހުރެ ސްކައުޓްކުއްޖަކު ލައްވާ ހަށިފާރަވެރިކަން ބަލަހައްޓާހިސާބަށް މިކަންދިޔައީ ހައިރާންވާންޖެހޭނެކަމެކެވެ، އެހެންވީމަ މީސިޔާސީ ރޭވުމެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ.‫​ ރައްޔިތުންގެ ހަމްދަރުދީގެވޯޓު ހޯދުމަށް ބޭރުޤައުމުތަކުގައިވެސް މިފަދަ ކަންތައް ކޮށްއުޅެއެވެ، ނަމަވެސް މިޤައުމު ކުޑަވެފަ އެންމެން އެކަކުއަނެކަކު ދަންނާތީ މީ މިޤައުމުގައި ކުރަން އެހާ ފަސޭހަ ކަމެއްނޫނެވެ.‫​ މިކަހަލަ ކަން ތައްކުރަނިކޮށް ބަކަރި ހުއިހައްޕާ ކުއްޖާއަށްވީހެންވެދާނެއެވެ.‫​
11 ޖެނުއަރީ 2008
މިއީ ސިޔާސީ ޑްރާމާއެއް.‫​ އަދި މިފާޑުގެ ކިތަންމެ ޑްރާމާއެއް ކުރިއަށް އޮއް ވޯޓާ ކާރިވާ ވަރަކަށް ކުޅޭނެ ކަމަށް ލަފާ ކުރެވެއެވެ.‫​ ރައިސް މައުމޫނަށް އެގޮތަށް ހަމަލަދީ ގެއްލުންދޭން އުޅޭ ބަޔަކު މިގައުމަކު ނޫޅޭ.‫​
11 ޖެނުއަރީ 2008
ކަލޭމެން ކޮންމެ އެއްޗއެކޭ ކިޔަސް އަދި ޑްރާމާ އޭ ކިޔަސް މިދިވެހި ގައުމުގެ ރައްޔިތުން ގަބޫލުއެއް ނުކުރޭ އެއީ ކުޅޭފައި އޮތް ޑްރާމާ އެއްކަމަށް އަދި މިގައުމުގެ ރައްޔިތުން ނަށް ހަމަ ޔަގީން ކަމާއެކު ބުނަން ކެރޭ އެއީ އިދިކޮޅު ބަޔަކު އަޑީގައި ތިބެގެން ހިންގި ބޮޑު ޖަރީމާއެއްކަން އަޅުގނޑު ދިވެހި ރައްޔިތުންގެ ނަމުގައި މިޓެރަރިޒަމްގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން ،އަޅުގަނޑުމެން ދިވެހިން ހޮވާނީ އަދިވެސް މައުމޫން
11 ޖެނުއަރީ 2008
މި ޑުރާމާއިން ހާމަކޮށްދެނީ ސަލާމަތީ ބާރުތަކުގެ ހައިބަތެއް ނެތްކަން.‫ ބިލިޔަނުން ފައިސާ އެފާރާތްތަކަށް ރައްޔިތުން ހަރަދު ކުރާއިރު ރައްޔިތުންގެ ރައީސްގެ ސެކިޔުރިޓީ ނުބެލެހެއްޓެއެވެ.‫ ކީއްކުރާނެ ބައެއްހެއްޔެވެ.‫ އަދިވެސް ޤައުމު ފަހުރުވެރިވާ ސަލާމަތީ ބާރުތަކޭ ބުނަންވީ ހެއްޔެވެ.‫
11 ޖެނުއަރީ 2008
މައުމޫނަށްދިން ހަމަލާ އަކީ ގަސްދުގައި ބަޔަކުރާވައިގެން ދިން ހަމަލާއެއް.‫​މީގެ ހެއްކަކީ ބޮޑީ ގާޑުންވެސް ކާރީގައިތިބެ އެހެންބަޔަކު މައުމޫނު ސަލާމަތްކުރުން.‫​ މިއީ ޑްރާމާއެއް.‫​ ގުޅިފައިވާ އިއްތިހާދުން ހޯދާ ކާމިޔާބު ފަނޑު ކޮށްލުމުގެ ބޭނުމުގައި ކުޅެފައިވާ ޑްރާމާއެއް.‫​
11 ޖެނުއަރީ 2008
ހަސަން ސައީދުގެ ވާހަކަގައި ސަރުކާރުން އިސްތިއުފާ ދެއްވި ދުވަހުން ފެށިގެންވެސް މަސައްކަތްކުރަމުން އަންނަނީ ރައްޔިތުންގެ ހައްގުގައިކަމަށް ބުނުމުން އޭނާގެ އިހްލާސްތެރިކަމާމެދު ވަރަށްބޮޑަށް ސުވާލުއުފެދިއްޖެ!!!.‫​މިވާހަކައިން ދޭހަވަނީ މާދަމާވެސް ސަރުކާރުގެ މަތީމަގާމެއްލިބޭއިރަށް ރައްޔަތުން މަތިން ހަދާންނެތޭނެކަން.‫ސާބަހޭ ހަސަންމެންނަށް.‫​
11 ޖެނުއަރީ 2008
މި ޑުރާމާ ޑައިރެކްޓް ކުރީ ފަންކާ ސަލީމް.‫​ ހއ.‫​މީހުން ނުހޮވާ ދޫކޮށްލި މީހަކު ގޮވައިގެން ޒައީމް ވަޑައިގަތުމުން އަހަރެމެން ލަދު ގަނޭ.‫​.‫​.‫​
11 ޖެނުއަރީ 2008
އެހަމަލާ އަކީ ޑީއާރް ޕީގަ އުޅޭތިނަދޫ ނިހާން އަޑީގައިހުރެގެން ކުޅުވާފައޮތް ބޮޑު ޑުރާމާއެއް.‫​އެޢީމައުމޫން ރައްޔިތުންގެ ހަމްދަރުދީ ހޯދަންވެގެން ޖެހިމަޅިޔެއް.‫​
11 ޖެނުއަރީ 2008
އަހަރެން ވަރަށް ދެރަވޭ ދިވެހިދންގެ ތެރޭގައި ދޮގުވާހަކަ ދައްކާމީހުން އުޅޭތީ.‫ އެހަމަލާއަކީ ބަޔަކުހަމަ ރާވައިގެން ދީފައިވާ ހަމަލާއެއް.‫ ޑްރާމާއެއް ނޫން.‫
10 ޖެނުއަރީ 2008
މައުމޫނައް ދޭން އުޅުނު ހަމަލާ އަކީ ހަމަ ކުރި އައް ރާވައި ގެން ހިންގާފަ އޮތް ރީތި ޑުރާމާ އެއް.‫​
 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd